Ads by
ޚަބަރު
މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެމްއެންޑީއެފް އާއި ހަވާލުކޮށްފި

މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލު ގެނައުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްފިއެވެ.

Ads by Eki Online

މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވިވާ މައްސަލައެކެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން ވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހިލާއިރު މުޅި މާލެ އޮންނަނީ ފެންބޮޑުވެފައެވެ.

ލޯކަލް ގަވަމެންްޓް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގެ ފެންބޮޑު ވުމުގެ މައްސަލައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

މި މައްސަލައަށް ހައްލު ގެނައުމަށް މިހާރު ވަނީ ސިފައިންނާއި ހަވާލުކޮށްފައި ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން މި ފެށޭ ހަފުތާގެ ތެރޭގައި މި މަސައްކަތަށް ސިފައިން ވަގުތީ ހައްލެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރެވޭ.

– މިނިސްޓަރ އާދަމް ޝަރީފް

މިނިސްޓަރ އިތުރަށް ވިދާާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި މުޅި މާލޭގެ މަގުތައް ހެދުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާއިން ރާއްޖެއަށް ދީފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ބޭނުންކޮށްގެން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *