Ads by
ޚަބަރު
އޭޕްރީލް މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓު ދެނީ

އޭޕްރީލް މަހުގެ ބިލުންވެސް ރަމަޟާން މަހުގައި ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލަށް މި ބަދަލުގެނެސް ކަސްޓަމަރުންނަށް އާ ބިލް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ޑިސްކައުންޓު ދެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާ ކުރެވި އެނަލަސިސް ކޮށްގެން ކަމަށެވެ.

ސަރުކާރުން ޑިސްކައުންޓު ދެއްވާފައިވަނީ މާރޗް މަހުގެ ބިލުންނެވެ. ނަމަވެސް އޭޕްރީލް މަހުގެ ފުރަތަމަ 10 ދުވަހަކީ ވެސް ރަމަޟާން މަސް ކަމަށް ވެފައި އެ ދުވަސްތަކުގައި ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުލިބުމުން މީސްމީޑިއާގައި ވަނީ ސަރުކާރަށް ފާޑުކިޔުންތަށް އަމާޒުވެފައެވެ.

ރަމަޟާން މަހުގެ ބޭނުންކުރި ކަރަންޓާއި އެކު ޑިސްކައުންޓް ދިންކަމުގައިވީނަމަވެސް މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ދުވަސްތަކަކަށް ވުމުން ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލް ވަނީ ވަރަށް ބޮޑުވެފައިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *