Ads by
ޚަބަރު
ހޫނުގަދަވުމުގެ ސަބަބުން އަންނަ މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވެދާނެ: ފަހުމީ

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއި އެކު, ކަރަންޓު ބޭނުން ކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ އަންނަ މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފިއެވެ.

Ads by Eki Online

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ހުސައިން ފަހުމީ ވިދާޅުވީ ބިލު ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫންކަމަށެވެ. މިދުވަސްވަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ހޫނު ގަދަވި ދުވަސްވަރަށް ވާނެކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާކަމަށެވެ.

މޫސުމަށް އަންނަ ބަދަލު ނުވަތަ އެމްބިއެން ޓެމްޕަރޭޗާ ހޫނުވެފައިވާކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ހުރި ގޮތުން މި މަހުގެ ކަރަންޓުގެ ބިލުގެ އިތުރުން އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އިތުރަށް ފަހުމީ ވިދާޅުވީ ކަރަންޓު އިގްތިސާދުކޮށްގެން ނޫނީ ކަރަންޓު ބިލަށް އަރާ ވަރު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މި ގޮތުން މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިގްތިސާދު ކުރުމަށް އާންމުން މިހާރަށްވުރެއްވެސް އަހުލުވެރިކޮށް ކެމްޕެއިންތައް ހިންގުމާއި، އިމާރާތްކުރާއިރު އެކަންކަމަށް ވިސްނުންކަމަށް ފަހުމީ ވިދާޅުވިއެވެ.

ސަރުކާރުން ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް މި މަހު ބިލު ބޮޑުވުމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު، މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނި އަމާޒުވެފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިދިޔަ ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

4 ހަފްތާ ކުރިން

އަޖައިބެއް! ގޭގަ މީހަކުނެތަސް ތިޔަ ބޮޑުވޭ

0
0
މުނޭ4 ހަފްތާ ކުރިން

ވަރައް ހެއްވާ ގޭގަ މީހަކު ނޫޅޭއިރުވެސް ހޫނުގަދަވީމަ ކަރަންޓް ބިލް ބޮޑުވޭ. ގޭގަ ބޭރުން އޭސީ އެއްގެ އައުޓް ޑޯރ ފެނުނަސް ކަރަންޓް ބިލް ބޮޑުވޭ އެވަރިހަމަ ކަރަންޓް ބޭނުން ނުކޮއް ފަޅައް ހުއްޓަސް ️️. އަޖައިބެއްތާ !

0
0