Ads by
ޚަބަރު
މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ހުޅުމާލެ ފޮގް ކުރަނީ
ފޮޓޯ: އެޗްޑީސީ

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މި ފަހަކަށްއައިސް އިތުރުވެފައިވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ހުޅުމާލެ ފޮގް ކުރަން ފަށައިފިއެވެ.

Ads by Eki Online

މި މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެންނެވެ.

މާލެސިޓީ ކައުންސިލުން މީގެ 5 ވަރަކަށް ދުވަސްކުރިން ވަނީ މާލެއާއި ވިލިގިލި ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އިސްކަމެއްދީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދިޔަ މަހު އެކަނިވެސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުން ގުންޏާގެ 129 ކޭސް ރިޕޯޓުކޮށްފައިވާކަމަށާއި މިއަހަރު ޖުމްލަ 134 ކޭސް އެ އިދާރާއަށް ހުށަހަޅާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދެއެވެ. މީގެ ތެރެއިން 4 ކޭސް އެއް ފިޔަވާ ދެން ހުރި ހުރިހާ ކޭސް އެއް މާލެ ސަރަހައްދުން ފެނިފައިވާއިރު، މި ބަލި ޖެހުމުން ހުން އައުމާއިއެކު ބޮލުގައި ރިއްސައި ހުޅުތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި މަދިރި ގިނަވާ ވަގުތުތަކުގައި ކުޑަދޮރުތައް ލެއްޕުމާއި ބޭރަށް ނިކުންނައިރު މީހާގެ ހަންގަޑު ފޮރުވޭފަދަ ހެދުން އެޅުމަކީ މުހިންމު ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *