Ads by
ޚަބަރު
މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފައްޔާޒު މިހެން ވިދާޅުވީ، ރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފާއިތުވި މަޖިލިސް އިންތިޚާބަށްފަހު ފައްޔާޒު އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް ފަރާތްތަކާއި އެމްޑީޕީން ވަކިވެގެންދިޔަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އޭނާގެ އިސްތިއުފާއަށް ގޮވަމުންދާ ގިނަ މީހުންނަކީ އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކަށް ކަމަށާއި، އެމްޑީޕީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުންތައްވެސް ހުރިކަމަށް ގަބޫލުކުރާ ކަމުގައެވެ.

މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް އިނގޭތޯ.

– އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް

ފައްޔާޒުގެ އިސްތިއުފާއާ ގުޅޭ ސުވާލާއި ބެހޭ ގޮތުން އެމްޑީޕީގެ ރައީސް ޝާހިދު ވެސް ވާހަކަދެއްކެވިއެވެ. ވިދާޅުވީ މިވަގުތު އެޕާޓީގެ ލީޑާޝިޕްގައި ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިއްބެ4 ހަފްތާ ކުރިން

އެހެންކަމަށްވާނަމަ ބޮޑާކަންދޫކޮށް މީހުނާއިގުޅިގެން މަސައްކަތްކުރަންދަސްކުރޭ

0
0
ޞުހބ4 ހަފްތާ ކުރިން

ޞބަލަކަލެ ޔަކަނނު ގެނި މެމބަރުނަހ

0
0
ރަޝީދު ފޭދޫ4 ހަފްތާ ކުރިން

އިސްތިއުފާ ނުދޭންތިއުޅެނީ އަދިވެސް މިގައުމުބަނޑުއެޅޭތޯބަލަންތަ ހިތުހުރިހާގޮތެއް ހަދަން ބަލަހައްޓައިގެން ރައްޔަތުން ނުތިބޭނެކަން އެއޮތީ ދައްކާފަ ދެބުރުންވެސް ފެއިލް އެވަރުންވެސް ތިއުޅެނީ ޕާޓީގަ ބަގުޑިބައްދައިގެން އޮންނަންތަ ރައްކާވޭ އިސްތިއުފާދީފަ މޯދީ އެބަހުރި ގެރިގޮރު ތައްޔާރު ކޮއްފަ

0
0