Wednesday, 9 September 2026
Ads by

އެމްޑިޕީގެ ވެރިކަމުގައި ރައީސް މުޢިއްޒުގެ ލޭންޑު ޔޫސް ޕްލޭން އޮތީ ހިފަހައްޓާފައި: ޝުޖާއު

އެމްޑިޕީގެ ވެރިކަމުގައި ރައީސް މުޢިއްޒުގެ ލޭންޑު ޔޫސް ޕްލޭން އޮތީ ހިފަހައްޓާފައި: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--- ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެކުލަވާލި މާލޭ ސަރަޙައްދުގެ ލޭންޑު ޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ވެރިކަމުގެ ހައުސިން މިނިސްޓްރީން ހިފަހައްޓާފައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ، 11 އަހަރުގެ ދިގު މާޒީއަކަށްފަހު މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޑރ. މުޢިއްޒު ވަޑައިގެންނެވީ މެނިފެސްޓޯއަކާ އެކުގައި ކަމަށާއި، އެ ދުވަސްވަރު އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭނަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުމާއިއެކު އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށެވެ.

”ޤާނޫނުގައި އޮންނަނީ ހަމައެކަނި ރައްޔިތުންގެ ޚިޔާލު ހޯދަން. އެކަން ފުޅާކުރައްވައި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ކުލަބުތަކާއި މާލޭގެ ކަމުވޮށިގެންވާ އިސްރައްވެހިންގެ ޚިޔާލާއި މަޝްވަރާ އެމަނިކުފާނު ހޯއްދެވި. ކަންވެގެންދިޔައި ކިހިނެތްތޯ، އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ހައުސިންގ މިނިސްޓްރީން އޮތީ އެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން. ކޮބާތޯ އެ މީހުންގެ އިޚުލާޞްތެރިކަން،“ – ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޭރު ޢަމަލުކޮށްފައިވަނީ ޣައިރު ޒިންމާދާރުގޮތެއްގައިކަން ފާހަގަކުރައްވަމުން މެންބަރު ޝުޖާއު ވިދާޅުވީ، އެ ޕާޓީން ކަންކަން ކޮށްފައި އޮތް ގޮތުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދުއްތުރާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ހިންގަން ނިންމި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް އޭރުގެ ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މާލޭގެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ޕީއެންސީއަށް މިއަދު ކޮންމެހެން ބޭނުންވާ ކަމަށް ޝުޖާއު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި