Ads by
ޚަބަރު
ފޭދޫ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފިއެވެ.

Ads by Eki Online

ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެތަން ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދާދި ފަހުން މާލޭގެ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އައްލޮ2 މަސް ކުރިން

100 ޕަސަންޓް މުސްލިމު ޤައުމެއްގައި ސްޕާ ހިންގަން ހުއްދަދޭއިރު ސްޕާ އަކީ، ވިޔަފާރީގެ ނަމަކަށް ހަށިވިއްކުން ކަމަށް ޖަހައިފިނަމަ ހުއްދަ ނުލިބޭތީ ހުއްދަ ލިބޭ ނަމެއް ޖަހާލުމުގެ ގޮތުން ޖަހާ ނަމެއްކަން ސަރުކާރަށްވެސް ރަނގަޅައް އިނގޭނެވެ ވީމާ، ބުނެލަންޖެހެނީ ސަރުކާރުތަކުން ކުރުވާކަމެކެވެ

0
0