Wednesday, 9 September 2026
Ads by

ތުރުކީ ވިލާތާއި އިންޑިއާގެ 3 އުޅަނދެއް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދީފި

ތުރުކީ ވިލާތާއި އިންޑިއާގެ 3 އުޅަނދެއް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދީފި

ހުރުމުޒް ކަނޑުއޮޅީގައި އޮތް އުޅަނދެއް---

ތުރުކީ ވިލާތާއި އިންޑިއާގެ ތިން އުޅަނދެއް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފިއެވެ.

Ad Image
Ads by

އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް އެ ސަރަޙައްދުން އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭ ގޮތަށް ބަންދުކޮށްފައިވަނީ ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކާއި ގުޅިގެންނެވެ. މި ޙަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ އިޒުރޭލަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދީފައެވެ.

ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާއި ގުޅިގެން އެ ސަރަޙައްދުގައި އެތައް ސަތޭކަ އުޅަނދެއް ތާށިވެ، މިއިން ޒަމާނަކު ނުއުފުލޭ ވަރަށް ތެލުގެ އަގުތައް ވަނީ އުފުލިގެން ގޮސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތެލުގެ އަގުތައް މިއަށްވުރެ ބޮޑަށް އުފުލިގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން ތުރުކީވިލާތުގެ 15 އުޅަނދެއް ހުރުމުޒް ކަނޑުއޮޅީގައި ވަނީ ތާށިވެފައެވެ. މިކަން ހާމަކުރެއްވީ އެ ޤައުމުގެ ޓްރާންސްޕޯރޓް މިނިސްޓަރު ޢަބްދުލްކާދިރު އުރަަލޮގްލުއެވެ. ނަމަވެސް ޚާއްޞަ ހުއްދައެއްގެ ދަށުން އޭގެތެރެއިން އެއް އުޅަނދަށް ރައްކާތެރިކަމާއެކު އެ ކަނޑުއޮޅި ހުރަސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ދެ އުޅަނދެއް ވެސް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ވަނީ ދީފައެވެ. އެގޮތުން އިންޑިއާގެ ’ޝިވާލިކް‘ އަދި ’ނަންދާ ދޭވީ‘ ނަމަކަށް ކިޔާ ދެ އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައިވާ ކަމަށާއި މިދެ އުޅަނދު އެ ސަރަޙައްދުން ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ ވަނީ، ޚާއްޞަ އިސްތިސްނާއެއްގެ ދަށުން ކަމަށްވެއެވެ. ’ޝިވާލިކް‘ ނަމަކަށް ކިޔާ އުޅަނދު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގެ ޙިމާޔަތުގައެވެ. އަދި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެެރޭގައި ’ނަންދާ ދޭވީ‘ ނަމަކަށް ކިޔާ އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރާނެ ކަމަށް ބެލެވެއެވެ.

ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މަގެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް އީރާނުން އަންނަނީ ޙަމަލާ ދެމުންނެވެ. އެހެންކަމުން ހަނގުރާމައިގެ މި ޙާލަތުގައި ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ އީރާނުން ހުއްދަދޭ ވަކި ޚާއްޞާ އުޅަނދުތަކަށް އެކަންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި