ވޭމަންޑޫ ބިންހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަަމަށް މި މަސައްކަތް ކުރިއަށްގެންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ވޭމަންޑޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެސްޗީ ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.
މި ޑްރެޖަރަކީ 11،300 ކިޔުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢު ފެށުމާއިއެކު ރައީސް ޑރ. މުޢިއްޒު ވަނީ މިކަން އިޢުލާނު ކުރައްވާފައެވެ.
Th. Veymandoo reclamation project started today. pic.twitter.com/566gxqY0xA
— Dr Mohamed Muizzu (@MMuizzu) March 12, 2026
ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މީގެ ދެ ދުވަސް ކުރިން މި މަހުގެ 12 ވަނަ ދުވަހުގައެވެ.













