Ads by
ޚަބަރު
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Eki Online

މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނެފައިވަނީ ގއ. ގދ. ޏ. އަދި ސ. އަތޮޅު ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ކުޑަކުދިންގެ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށް ކުއްޖާގެ ރަށާއި އަތޮޅު ފަދަ މައުލޫމާތު ހިއްސާ ނުކުރަން ނިންމާފައިވާކަމަށެވެ.

މި މައްސަލަ ހިނގި ރަށުގައި އާންމުންގެ ބަޔަކު އެރަށުގެ ފުލުސް އޮފިށް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުން ދާ ވީޑިއޯއެށް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު އެމީހުން އެދެމުން ދަނީ ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކުރުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *