Ads by
ޚަބަރު
ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖައްދާ ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ފަށާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، ޙައްޖު ދަތުރުގެ އަގުހެޔޮ ކުރުމަށްޓަކައި، ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހެދުމަށް މަސައްކަތް ފައްޓަވާފައިވާ ކަމުގައެވެ.

ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް.

– ޝަކީލް

ޝަކީލް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ކުރިން ވިދާޅުވެފައިވޭ.

އަދި ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމިކް މިނިސްޓްރީންވެސް ސަރުކާރާއި ހަވާލުވުމާއި އެކުވަނީ މަސައްކަތްތަކެއް ފަށާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ރައްޒާޤް4 ހަފްތާ ކުރިން

ރިޔަލް އެސްޓޭޓް ބިޒިނަސްއަށް ހައްޖުވެރިންގެ ފައިސާ އިންވެސްޓުކުރުމަކީ ނުރައްކާތެރިކަމެއް ރިޔަލް އެސްޓޭޓް ވިޔަފާރިއަކީ ފައިދާވާ ފަހަރާއި ނުވާފަހަރު އަންނަ ވިޔަފާރިއެއް. ލާރި ދައްކާފަ 20 ނުވަރަ 25 އަހަރުވަންދެން ހައްޖައްނުފޮނުވާ ރައްޔިތުން ތިއްބަން ޖެހިދާނެ މަރުވާއިރުވެސް ހައްޖައް ނުދެވޭގޮތްވުމަކީ އެކަށީގެންވާ ކަމެއް

0
0