Wednesday, 9 September 2026
Ads by

ދައްޖާލު ފާޅު ކުރެއްވުމާ ހަމަޔަށް ހަނގުރާމަ ނުހުއްޓާނަން : ނަތަންޔާހޫ

ދައްޖާލު ފާޅު ކުރެއްވުމާ ހަމަޔަށް ހަނގުރާމަ ނުހުއްޓާނަން : ނަތަންޔާހޫ

އަލް މަސީޙު ނުވަތަ ދައްޖާލު އެނބުރި އައުމާ ހިސާބަށް ތިމަންމެންގެ މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އަނިޔާވެރި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ބުނެފިއެވެ.

Ad Image
Ads by

ނަތަންޔާހޫ މިފަދައިން ބުނީ އިޒްރޭލާ އެމެރިކާ ގުޅިގެން އިރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ އަދާހަމަ ގެނެސްދޭން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ނަތަންޔާހޫ ބުނީ، އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ސައިންޓިސްޓުން މަރުވެ، އީރާނުގެ ބޮޑެތި ލީޑަރުންތަކާއި، އަސްކަރިއްޔާގެ މުހިންމު ބަޔަކު މަރާލެވިފައިވާ ކަމަށެވެ. އޭނާ އެކަން ފަހަގަކުރަނީ ލިބުނު ބޮޑު ކާމިޔާބީއެއްގޮތުގައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އީރާނަށް ދެކޮޅަށް ދެމުންދާ ނިރުބަވެރި ހަމަލާ ތަކަކީ އިޒްރޭލުން އިރާން އަލުން ރަނގަޅުގޮތުގައި ބައްޓަން ކުރުމަށް ހިންގޭ ކެމްޕޭނެއް ގޮތުގައި ސިފަކޮށްފައެވެ. އަދި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން މިހާރުވެސް ވަރުގަދަޔަށް ކުރިއަށްދާ ކަމަށް އޭނާ ހާމަކުރިއެވެ. ނަތަންޔާހޫ ބުނީ އިޒްރޭލުން މިހާރު ކުރަމުންދާ ކެމްޕޭނުގައި ”އާދަޔާ ހިލާފު“ ކާމިޔާބީތަކެއް ހާސިލް ކުރަމުން އަންނަ ކަމަށެވެ.

މިއާއެކު އޭނާ ވަނީ މި ހަނގުރާމަ ނުހުއްޓާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ބޮޑާ ކަމާއެކު ނަތަންޔާހޫ ބުނީ، މި ހަނގުރާމަ ދައްޖާލު ފާޅު ކުރެއްވުމާ ހަމަޔަށް މިކަން ކުރިއަށް ގެންދާނެ ކަމަށެވެ.

”އަހަރުމެން މިކަން ކުރިއަށް ގެންދާނަން މަސީޙު ފާޅުވަންދެން، ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އަދި އެކަން ނުވާނެ“ ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫގެ މި ބުނުމާއި ގުޅިގެން ޝެއިޚް ޒަމްޒަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްމަސީޙު ނިސްބަތްކުރެވެނީ ފަހު ޒަމާނުގައި ދުނިޔެއަށް ފާޅުވާ ދެ ފަރާތަކަށް ކަމަށާއި،  އެއް ފަރާތަކީ އަލްމަސީޙުއްދައްޖާލު އަދި އަނެއް ފަރާތަކީ އަލްމަސީޙު ޢީސާގެފާނުން ކަމަށެވެ. ޔަހޫދީން މަސީޙުގެ ގޮތުގައި ޢިޝާރާތް ކުރާ ފަރާތަކީ ޙަޤީޤަތުގައި ދައްޖާލް ކަމަށްވެއެވެ.
އިއްޔެ ނަތަންޔާހޫ ދިން ވީޑިއޯ ބަޔާނުގައި ބުނެފައިވަނީ: ”އަލްމަސީޙު އެނބުރި އައުމާ ހިސާބަށް ތިމަންމެންގެ މިސައްކަތް ކުރިއަށް ގެންދެވޭނެ“ ކަމުގައެވެ. އަލްމަސީޙު ނިސްބަތްކުރެވެނީ ފަހު ޒަމާނުގައި ދުނިޔެއަށް ފާޅުވާ ދެ ފަރާތަކަށެވެ. އެއް ފަރާތަކީ އަލްމަސީޙުއްދައްޖާލެވެ. އަނެއް ފަރާތަކީ އަލްމަސީޙު ޢީސާގެފާނެވެ. ނަބަވީ ޙަދީޘްތަކުން ފެންނަން އޮތީ 70ހާސް ޔަހޫދީންގެ ލަޝްކަރަކާ އެކު އަލްމަސީޙުއްދައްޖާލު އިރާނުގެ އިސްފަޙާނު ކިޔާ އަވަށުން ނިކުމެގެން އަންނާނެ ކަމުގައެވެ. އެޔަހޫދީން ތިބޭނީ ނޫކުލަ އެކުލެވިގެންވާ ފޮށާތަކެއް އަޅައިގެންނެވެ. މައްކާއާއި މަދީނާ ފިޔަވައި މުޅި ދުނިޔޭގެ އެހެން ހުރިހާ ހިސާބަކަށް އޭނާ ދަތުރުކޮށް މީސްތަކުން އޭނާއަށް ތަބަޢަކުރަން މަޖުބޫރުކުރާނެ ކަމުގައެވެ. ތަބަޢަ ނުވާ މީހުން އަލިފާންނަށް ލައި އަންދަން މަސައްކަތް ކުރާނެ ކަމުގައެވެ. އެ ގޮތުގައި 40 ދުވަސް ވަންދެން އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާނެއެވެ. އެ 40 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހުގެ ދިގުމިނަކީ 1 އަހަރުގެ ދިގުމިނެވެ. 2 ވަނަ ދުވަހުގެ ދިގުމިނަކީ 1 މަސްދުވަހުގެ ދިގުމިނެވެ. 3 ވަނަ ދުވަހުގެ ދިގުމިނަކީ 1 ހަފުތާގެ ދިގުމިނެވެ. ޝެއިޚް ތަފްސީލު ކޮށްދެއްވިއެވެ.
މިއާއިއެކު ޝެއިޚް ވިދާޅުވީ އަލްމަސީޙުއްދައްޖާލުގެ ފިތުނައަކީ ދުނިޔެ ފެށުނީއްސުރެ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތަށް ކުރިމަތިވާނެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ފިތުނަ ކަމަށާއި، އެހެންކަމުން އެފިތުނައިން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޢާއިލާތައް ސަލާމަތްކުރުމަށް ޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
”އެ ފިތުނައިން ސަލާމަތް ވާނެ ގޮތް ނަބިއްޔާ ﷺ ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސްކޮށްގެންނެވެ. ވީމާ، ނަތަންޔާހޫއާއި ޔަހޫދީންގެ ބޮޑުންނާއި އެމެރިކާގެ ޓްރަމްޕްގެ ކެބިނެޓްގެ އިސް ފަރާތްތަކުގެ ވާހަކަ ހުރިގޮތަށް ބަލާއިރު، މިއަދު އަޅުގަނޑުމެންނަށް އެންމެ ރައްކާތެރި ގޮތަކީ މިހާރުއްސުރެ އެންމެހާ ބޭފުޅުން މިކަމަށް ސަމާލުކަމެއް ދެއްވައި ދަރިންނަށް ވެސް އެ އާޔަތްތައް ހިތުދަސްކޮށްދޭން ގަދައަޅައި މަސައްކަތް ކުރުމެވެ.“ ޝެއިޚް ޒަމްޒަމް ވިދާޅުވިއެވެ.
ވީމާ، ނަތަންޔާހޫއާއި ޔަހޫދީންގެ ބޮޑުންނާއި އެމެރިކާގެ ޓްރަމްޕްގެ ކެބިނެޓްގެ އިސް ފަރާތްތަކުގެ ވާހަކަ ހުރިގޮތަށް ބަލާއިރު، މިއަދު އަޅުގަނޑުމެންނަށް އެންމެ ރައްކާތެރި ގޮތަކީ މިހާރުއްސުރެ އެންމެހާ ބޭފުޅުން މިކަމަށް ސަމާލުކަމެއް ދެއްވައި ދަރިންނަށް ވެސް އެ އާޔަތްތައް ހިތުދަސްކޮށްދޭން ގަދައަޅައި މަސައްކަތް ކުރުން ކަމުގައި ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

އޭނާ ބުނި ގޮތުގައި މި އަމާޒަށް ވާސިލުވުމަށް ޓެމްޕަލް އަލުން ބިނާ ކުރަން ޖެހޭނެ ކަމަށާއި އޭގެ މާނައަކީ މިހާރު ހުރި ބިނާތައް ހަލާކު ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި މުސްލިމުންގެ މުޤައްދަސް އަލް އަޤްސާ މިސްކިތް ހިމެނޭކަން ހާމަކުރިއެވެ.

އީރާނުގެ އިސްވެރިންނާ މުހާތަބު ކުރައްވައި ނަތަންޔާހޫ ވަނީ އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ އާއި ހިޒްބުاللهގެ ލީޑަރު ނައީމް ޤާސިމް އަށް ވެސް ދިރިހުރުމުގެ ޙައްޤު ނުދެއްވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އިޒްރޭލުގެ އަމާޒަކީ އީރާނުގެ މިހާރުގެ ސަރުކާރު ނިމުމަކަށް ގެނެވޭނެ ފަދަ ހާލަތްތައް ގާއިމް ކުރުން ކަމަށް ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި