Sunday, 26 July 2026
Ads by

ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، ބާކީކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫން: ރައީސް

ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، ބާކީކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫން: ރައީސް

ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމަޔަށް ޤަބޫލުކުރައްވާ އެނިޒާމުގެ ތެރެއިން ކަންކަންކުރަން ވަރަށް ބޭނުންފުޅުވާ ނިޒާމެއްކަމަށާއި، ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ޕީއެންސީގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އެޕާޓީގެ ފަރާތުން ވޯޓު ދޫންޏަށް ނަމުގައި ކުރިއަށް ގެންދިޔަ ސައިލަކު ބުރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad Image
Ads by

ޕީޢެންސީން ކުރިއަށް ގެންދިޔަ ސައިކަލު ބުރަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ފޯރި އިތުރުުކުރުމަށް ޓަކާއި، އަދި ރައްޔިތުންނަށް ޕީއެންސީގެ ކެމްޕޭނު މެސެޖް ދިނުމަށްޓަކާ ބޭއްވުނު ޙަރަކާތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

4 އޭޕްރީލްގައި އޮންނަ އިންތިޚާބަކީ ސަރުކާރުން ކުރިއަށް ގެންދާ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އިންތިހާއަށް ބޭނުންވާ އިންތިޚާބެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމަޔަށް ޤަބޫލުކުރައްވާ އެނިޒާމުގެ ތެރެއިން ކަންކަންކުރަން ވަރަށް ބޭނުންފުޅުވާ ނިޒާމެއްކަމަށާއި، ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ރައީސ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ރަޢްޖޭގެ ހުރިހާ ކައުންސިލްތަކަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާފައި ތިބި ހުރިހާ ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަށް ރައްޔިތުންގާތުން ރައީސް އެދިވަޑައިގެންނެވިއެވެ.

”ކައުންސިލްތަކުގެ ނިޒާމަކީ އަޅުގަނޑު ފުރިހަމަޔަށް ޤަބޫލުކުރާ އެނިޒާމުގެ ތެރެއިން ކަންކަންކުރަން ވަރަށް ބޭނުންވާ ނިޒާމެއް. ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ސަރުކާރުން ކަންކަން ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާފައި ތިބި ހުރިހާ ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަށް ރައްޔިތުންގާތުން ވަރަށް އިޚުލާސްތެރި ކަމާއެކު މި ދަންނަވަނީ. “ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ އުސޫލުގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެގެތެރެއިން ކުރިއަށް ގެންދެވިއްޖެނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެގޮތް ކަމަށާއި، އެހެންވީމަ ކައުންސިލްތަކުގައި މިކަންކަމަށް އެއްބާރުލުންދޭނެ ބޭފުޅުން ތިއްބެވުން މުހިންމު ކަމަށެވެ. މިއާއިއެކު ރައީސް އެދިވަޑައިގަތީ ޕީއެންސީ ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަށާއި، އެކަމުގެ ނަތީޖާ ފޮނިވާނެ ކަމަށެވެ.

”އެހެންކަމުން އަޅުގަނޑު މި އެދެނީ ރާއްޖޭގެ ހުރިހާ ސިޓީ ތަކާއި ރަށްތަކުން ކައުންސިލަށް އަދި އ.ތ.މ ކޮމިޓީތަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮއްވަވައިދިނުމަށް.. މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ. ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް މިއަދާއި ހަމަޔަށް އައިއިރު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން. އަދި ވާރުތަވި ދަރަންޏާއި އެކުގައިވެސް ވަރަށް ގިނަ ކާމިޔާބީތަކެއް ވަނީ ހޯދިފައި. އަޅުގަނޑު ރިޔާސީ ބަޔާން އިއްވަމުން އަދަދާއިއެކު ތަފްސީލް ވާނީ ހާމަކޮށްފައި“… ރައީސް ވިދާޅުވިއެވެ.

މިއާއިއެކު ތަރައްޤީގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކާ ދެން ބޭނުންވަނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަމަށާއި، އެ އެއްބާރުލުން ލިބޭނީ މި ނިޒާމުގެ ތެރެއިން އެކަމަށް އެއްބާރުލުން ދޭނެ ބަޔަކު ކައުންސިލްތަކުގައި ތިބެގެން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ 4 އޭޕްރީލްގައި އޮންނަ އިންތިޚާބަކީ އިސްލާހީ ބަދަލުތައް ގެނައުމުގައި ކާމިޔާބު ލިބެގެންދާނެ ދުވަހެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ކެމްޕޭނު ޓީމުތަކުގެ ފަރާތުން ރައީސް އެދިވަޑައިގެންނެވީ އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން، އެއްބައިވަންތަކޮށް ކެމްޕޭނު ކުރައްވާ މި އިންޚާބު ކާމިޔާބު ކުރެއްވުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި