Ads by
ޚަބަރު
ސްކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތައް އިތުރުކޮށްފި

ސްކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތައް އިތުރުކޮށްފިއެވެ.

Ads by Eki Online

މޯލްޑިވިއަނުން “އެކްސް”ގައި ކޮށްފައިވާ ޕޯސްޓެއްގައި ސްކޫލު ބަންދާއި ދިމާކޮށް ޑިމާޑް ބޮޑުވެފައިވާތީ ފްލައިޓްތައް އިތުރުކޮށްފައިވާ ކަމަށެވެ.

އިތުރުކޮށްފައިވާ ދަތުރު ތަކުގެ ތެރޭގައި

  • މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހޯރަފުށި ދެ ކޮޅު ދަތުރު
  • މެއި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު ތިމަރަފުށްޓަށާއި މާފަރަށާއި މަޑިވަރަށާއި ހަނިމާދޫއަށް ދެ ކޮޅު ދަތުރު
  • މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާ، ގަން، ފުނަދޫ އަދި ފުވައްމުލަށް ދެ ކޮޅު ދަތުރު
  • މެއި މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު މާވަރުލު ދެ ކޮޅު ދަތުރު
  • މެއި މަހުގެ 4 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި، ގަން އަދި ހޯރަފުށި ދެކޮޅު ދަތުރު

ކޮންމެ އަހަރެއްގެ ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފްލައިޓަކަށް ޑިމާޑް ބޮޑުވެގެން ދެއެވެ. ޑިމާންޑަށް ބަލައި، މޯލްޑިވިއައުން ޗުއްޓީއާ ދިމާކޮށް ފްލައިޓްތައް އަބަދު ވެސް އިތުރުކުރެއެވެ.

އެ އެއަރލައިނުން ދަތުރުކުރަމުންދާ މަންޒިލްތައް އިތުރުކޮށް، މިހާރު އުދުހެމުންދާ މަންޒިލްތަކަށް ހާއްސަ ޕެކޭޖްތައް ވެސް ތައާރަފްކުރަމުންނެވެ. އެގޮތުން މި ފަހުން މޯލްޑިވިއަނުން ވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހުގައި ކޮލަންބޯއަށް ދަތުރުތައް އަލުން ފަށާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފާތުން2 މަސް ކުރިން

ފުލައިޓްތައް އިތުރު ކުރިކަމުގައި ވިޔަސް ޓިކެޓްގެ އަގެއް ހެޔޮނުވެ.ެ އެކަމް ސަރުކާރުން ރައްޔިތުންނަށް އަތްފޯރާފަށަށް ޓިކެޓުގެ އަގުތިރި ކުރިކަމަށް ބުނެ ދޮގުވާހަކަތަކެއް ފަތުރަނީ.

0
0