Sunday, 26 July 2026
Ads by

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރޭވޭ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭ: ކުޑޫ

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރޭވޭ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭ: ކުޑޫ

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަށް ކަށަވަރުކުރޭވޭ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އޭނާ މިފަދައިން ވިދާޅުވީ ރޭ ހިނގި ނުރައްކާތެރި އަލިފަނުގެ ހާދިސާއެއްގައި 5 ބިދޭސީއަކު ނިޔާވި ޚަބަރާ ގުޅުވާ ކުރެއްވި ޕޯސްޓެއްގައެވެ.

ކުޑޫ ވިދާޅުވީ މިރޯދަމަހުގައި ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުސާރަ އާއި މަސައްކަތް ކުރަންޖެހޭ ވަޤުތު އަދި ދިރިއުޅެންޖެހޭ ތަނުގެ މައްސަލާގައި އިހުތިޖާޖު ކުރަމުންދިޔަތަން ފެނުނު ކަމަށާއި، ރޭ ދަންވަރު ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު ވަނީ މަރުވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީން ދިރިއުޅޭ ހާލަތު އެނގޭކަމަށްމިވަނީ ހާދިސާއެއް ހިނގީމައި ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނަށް ބައެއް މީހުން ’ކޮށި‘ ކިޔާ އުޅޭ އަޑު އަައްސަވާ ކަމަށާއި، އެއީވެސް ބައިކުޅަބައި މީހުން އެމީހުންނާއި މެދު ދެކޭ ގޮތުގެ ކުޑަ މިސާލެއްކަމަށެވެ.


ކުޑޫ ވިދާޅުވީ މާލޭގައިވެސް އަދި ރަށްރަށުގައިވެސް ބިދޭސީން ދިއިރުޅޭ ތަންތަނުގެ ރައްކާތެރިކަށް ކަށަވަރުކުރޭވޭ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި 8 މީހަކަށް އަނިޔާވެ އޭގެ ތެރއިން 5 މީހަކު ވަނީ މަރުވެފައެވެ.

ލުހުން ބުނީ ދިގުރަށުގެ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި މި ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައި ވާކަމަށެވެ. އަދި މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން 5 މީހަކު ވަނީ ނިޔާވެފައި ކަމަށް ފުލުހުން ހާމަކުރިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. ރޯވި އަލިފާން މާގިނަ އިރުތަކެއްނުވެ ވަނީ ނިއްވާލާފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައިވާ ކަމަށާއި، ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު އެޗްއާރުސީއެމުންވެސް ދަނީ ބަލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި