Ads by
ޚަބަރު
ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ސަބަބެއް ނެތް: އީސީ

ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Eki Online

4 ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ 18 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލް ކުރެއްވި މުހައްމަދު އަލީއެވެ. އޭނާ އަށް 1074 ވޯޓު ލިބުނު އިރު އެންމެ ގާތުން ވާދަކުރި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހުމާން (އިބްކޯ) އަށް ލިބިފައި ވަނީ 1070 ވޯޓެވެ.
އެ ދާއިރާއަށް ދެން ވާދަކުރީ ޖުމްހޫރީ ޕާޓީން ނުކުތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނސްޓަރުން ކުރެއްވި އަޒްލީން އަހުމަދާއި އިދިކޮޅު އެމްޑީން ނުކުތް އިސްމާއިލް އަހުމަދުއެވެ. އަޒްލީނަށް އިންތިހާބުގައި ލިބުނީ 77 ވޯޓެވެ. އިސްމާއިލް އަހްމަދުއަށް ލިބުނީ 579 ވޯޓެވެ.

އެހެންވެ އިބްކޯގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަލުން ވޯޓު އަލުން ގުނައިދެން ހުށައެޅުމުން އެކޮމިޝަނުން މިއަދު ބުނީ އެ ދާއިރާގެ ވޯޓު ފޮށިތައް ގުނައިދޭން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން އީސީގައި އެދިފައިވީ ނަމަވެސް، މިހާތަނަށް ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އެ ދާއިރާގެ ފޮށިތައް ގުނަންޖެހޭ ސަބަބެއް ނެތް ކަމުގައި ކަމަށެވެ.

އެގޮތުން އެކަން މިހާރު ކެނޑިޑޭޓުންނަށް އެންގުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައިވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލީ ދުވަހު އެ ދާއިރާގައި ވޯޓުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެ ފަދަ ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *