Wednesday, 9 September 2026
Ads by

ޚާމަނާއީ އަވަހާރަކޮށްލި އެމެރިކާއަށް ވޯލްޑް ކަޕް ކުޅޭކަށް ނުދެވޭނެ: އިރާން

ޚާމަނާއީ އަވަހާރަކޮށްލި އެމެރިކާއަށް ވޯލްޑް ކަޕް ކުޅޭކަށް ނުދެވޭނެ: އިރާން

އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ އެމެރިކާއިން ކަމަށާއި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޑިކްޓޭޓަރެއް ކަމަށާއި އެ ފަދަ ގައުމަކަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން ނުދެވޭނެ ކަމަށް އިރާނުން ބުނެފި އެވެ.

Ad Image
Ads by

ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާގެ ރައީސް ޓްރަމްޕް މަރުހަބާ ކިޔާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ދޮޔަންމާލީ ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ނުދާނެ ކަމަށް ވިދާޅުވުމުންނެވެ.

”އެމީހުން އަހަރުމެންނާ ދެ ފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފި 9 މަސް ދުވަހުގެ ތެރޭގައި. ޓްރަމްޕަކީ ޑިކްޓޭޓަރެއް. އަހަރުމެންގެ އެތައް ބަޔަކާއި އަހަރުމެންގެ ލީޑަރު ވަނީ މަރާލާފައި. އެ ފަދަ މީހެއްގެ ގައުމަށް އަހަރުމެން ދާނީ ކިހިނެތް. ކޮބާ ސަލާމަތާމެދު އޮންނާނެ ޔަގީން ކަމަކީ،“ އީރާނުގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިރާން ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރުގެ ވާހަކަތަކާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ތައްޔާރުވުންތަކާ މެދު މިދިޔަ އަންގާރަ ދުވަހު ޓްރަމްޕާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ކުރިއަށް ހަނގާރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކާމެދު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

”ރައީސް ޓްރަމްޕް ޔަގީންކަން ދެއްވި އިރާން ޓީމަށް މަރުހަބާ ކިޔާނެ ކަމަށް ވޯލްޑް ކަޕަށް. އަހަރުމެން އުއްމީދު ކުރަނީ ވޯލްޑް ކަޕް އޭގެ ފުރިހަމަ މާނައިގައި ބާއްވަން. އަދި ފުޓްބޯޅައިން މުޅި ދުނިޔެ ކުރިއަށްވުރެ އެކުވެރި ކުރުވަން. ރައީސް ޓްރަމްޕް މި މުބާރާތުގެ ކަންކަމަށް ދެއްވާ އަހަންމިއްޔަތު ކަމަށްޓަކައި ޝުކުރު އަދާ ކުރަން،“ އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ރައީސް މިހެން ވިދާޅުވި ނަމަވެސް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި އިރާނުން ވޯލްޑް ކަޕް ނުކުޅަސް ވަރިހަމަ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އޭނާ ސީދާކޮށް މިކަމާމެދު އަދި ވާހަކަފުޅެއް ނުދައްކަވަ އެވެ. އިންފަންޓީނޯ އަކީ ޓްރަމްޕްގެ ގާތް އިސް ބޭފުޅެކެވެ. އިންފަންޓީނޯ، ވޯލްޑް ކަޕާ ގުޅުވައި އިރާނާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއިރު ވޯލްޑް ކަޕް ގުރު ނެގި ރަސްމިއްޔާތަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިން ވަޑައިގަންނަވަން އެމެރިކާއިން ވިސާ ނުދިނުމުން އިންފަންޓީނިއޯ އެކަން ހައްލުކޮށްދީފައިވެސް ނުވެއެވެ.

އެމެރިކާއިން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތްކަން ޔަގީންވާ ތަނަކަށް އިރާނުން ނުދާނެ ކަމަށާއި މިވަގުތުގެ ހާލަތު އޮތް ގޮތުން އެމެރިކާގައި ވޯލްޑް ކަޕް ކުޅެން ދާން އިރާނުން ނުވިސްނާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި