Ads by
ޚަބަރު
7000އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިި އަހަރުގެ އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި

7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިި އަހަރުގެ އޯ ލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

Ads by Eki Online

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްގެންދަނީ މިއަދުން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން 7501 ދަރިވަރުން، އޯ ލެވެލް އިމްތިހާން ހަދާއިރު، 7133 ދަރިވަރުން އެސްއެސްސީ އިމްތިހާން ހަދާނެއެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލް އިމްތިހާން ހަދާ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. މިދިޔަ އަހަރު އޯލެވެލް ހަދާފައިވަނީ 6،698 ދަރިވަރުންނެވެ. މި ފަހަރު އޯ ލެވަލް ހަދާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށް ވުރެ 803 ދަރިވަރުން އިތުރެވެ.

މިއަހަރުގެ އިމްތިހާނު ފެށިއިރު, ސަރުކާރުން ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިދީފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *