Ads by
ޚަބަރު
އަލަށް އިމާރާތްކުރާ 3 މިސްކިތެއްގެ ކުރެހުން ދައްކާލައިފި

ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކުރާ 3 މިސްކިތުގެ ޑިޒައިން އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާލައްވައިފިއެވެ.

Ads by Eki Online

ޝަހީމް މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އާއްމުކުރެއްވީ 300 މީހުންނާއި 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ ކުރެހުމެވެ.

“އިންޝާﷲ ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާކުރަން ފަށާނެ،

– މިނިސްޓަރ ޝަހީމް

މިސްކިތް ބިނާކުރުމަށް ޝަޢުގުވެރިވާ އަމިއްލަ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް މީގެ ކުރިން ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި މި ސިޔާސަތުގެ ދަށުން މާލެއާއި ހުޅުމާލޭ އިތުރުން ބައެއް އަތޮޅުތަކުގައި މިސްކިތް ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު މިނިސްޓްރީން ދީ އެކަމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *