Wednesday, 9 September 2026
Ads by

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫން: ޚުޠުބާ

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫން: ޚުޠުބާ

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫން ކަމަށާއި، މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

”ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ“ މި މަޢުޟޫއަށް އިއްވި ޚުޠުބާގައި ވަނީ ރަމަޟާންމަސް ނިމުމަކާއި ގާތްވެފައިވާކަމާއި، މި މަހުގައި އަޅުކަމަށް އަހަރުމެން ދިން ސަމާލުކަން ކުޑަނުކޮށް ރަމަޟާން މަހަށްފަހުގައިވެސް އަޅުކަމުގައި ވަގުތުތައް ހޭދަކުރުމަށް ނަޞޭޙަތްތެރިވެފައެވެ.

ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢުކިޔަނީއެވެ. ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ނިމުމެއް ނާންނާނެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށްދާންދެނެވެ. އަޅުކަންކުރުމަކީ، މާތް ﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُون‎ މާނައީ: ”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.“ އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ.

ޚުޠުބާގައި މިފަދައިން ނަޞޭޙަތްތެރިވެފައިވަނީ ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން ރަމަޟާންމަހަކީ އެ ފަދައިން އަޅުކަން ކުރުން ގިނަ މޫސުމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. އެހެންކަމުން ރަމަޟާން މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބުމަށް އިރުޝާދު ދެއްވިއެވެ.

ރަމަޟާންމަސް ޢަލްވަދާއުކިޔަމުންދާކަން ހަނދާންކޮށްދެމުން ޚުޠުބާގައި ވަނީ 6 ރޯދައިގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފއެވެ. އެގޮތުން ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައި ކަމަށާއި، އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށްވެ، ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފުމަށާއި، މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަތުމަށް 6 ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

މާތް ނަބިއްޔާ  ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ، ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ) މާނައީ: ”ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ.“ އެހެންކަމުން ޝައްވާލުމަހުގެ ހަ ރޯދައަށް ރައްކާތެރިވެ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވަމެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެކެވެ.

ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރުމަށްވެސް މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އިސްތިޣުފާރު ކުރުމަކީ، ﷲގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ.

މިއާއިއެކު ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލުމަށާއި، ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދަމަހައްޓަން ނަޞޭޙަތްތެރިވިއެވެ. އަދި ނަމާދާއި އެއްވަރަށް ޤުރުއާން ކިޔެވުމަށް ބާރުއަޅުއްވާ ޚުޠުބާގައި ބުނީ ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލަންވާނެ ކަަމަށެވެ. އެެއީ ކިތަންމެ މަދުން ކުރެވުނު ކަމަށް ވިޔަސް ހުއްޓައިނުލައި ކުރިޔަށްދިއުމަށް ގޮވާލިއެވެ.

ރަސޫލާ  ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ) މާނައީ: ”މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެވެ.“

މީގެއިތުރުން ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކި. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެގެންދާނެ ކަމުގައިވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭނެ ކަމަށާއި، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޚުޠުބާގައި މުހިންމު ކަމަކަށް ފާހަގަކޮށްފައިވަނީ މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމުގެ މައްޗަށެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މި ކަމަށް ސަމާލުވާން އިލްތިމާސްކުރިއެވެ. އެގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫން ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ކަމަށް ޓަކައި، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ގޮވާލިއެވެ. އަދި ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެ ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް، ފަތުރުވެރީން ވެސް ޢާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާޢީ މިންގަނޑު ހިފެހެއްޓުމަށް އެ މީހުންނަށް އިރުޝާދުދިނުމަށް ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކަށް ޚުޠުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި