ބޭނުންވާ ތަކެތި
ބަތް ކައްކަން
3/4 ޖޯޑު ހަރު ހަނޑޫ
2 ޖޯޑު ފެން
½ ސައިސަމުސާ ލޮނު
½ 1 ކުކިންގް އޮއިލް
ތެލުލަން
½ 1 ޖޯޑު ކުކިންގް އޮއިލް
10 ކޮށާފައިހުރި ހިކި މިރުސް
½ 1 ފިޔާ (ތުނިކޮށް ކޮށާފައި)
8 ލޮނުމެދު (ތުނިކޮށް ކޮށާފައި)
ހިކަނދި ފަތް
50 ގްރާމް ވަޅޯމަސް (ތުނިކޮށް ކޮށާފައި)
ތެޔޮ މިރުސް ބަތަށް
2 މޭޒުމަތީ ސަމުސާ ކުކިންގް އޮއިލް
1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
¼ ގިތެޔޮ މިރުސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
2 މޭޒުމަތީ ސަމުސާ ރިހާކުރު
1 ސައިސަމުސާ ޑާކް ސޯއި ސޯސް
¼ ޖޯޑު ފެން
ލޮނު
ހަދާނެ ގޮތް
ހަނޑޫ ރަނގަޅަށް ދޮވެލާފައި ފެން، ލޮނު، އަދި ކުކިންގް އޮއިލްއާއި އެކު އަޅާލާށެވެ. ދެން ބަތް ކައްކަން އުދާށެވެ. ކައްކާ ނިމުމުން އުނދުން ނިއްވާލާފައި ބަތްކޮޅު އެއްފަރާތުގައި ބަހައްޓާށެވެ.
ތެއްޔަކަށް އޮއިލް އަޅާފައި 4-3 މިނެޓު ވަންދެން ގަދަ ގިނީގައި ހޫނުކޮށްލާށެވެ. ދެން ތެލުގެ ތެރެއަށް ކޮށާފައިހުރި ހިކި މިރުސް އަޅާފައި، ތެލުލާށެވެ. މިރުސްކޮޅުން ތެޔޮ ފުރާނާ ނިމުނީމައި ތަށްޓަކަށް އަޅާލާށެވެ.
ދެން ކޮށާފައިހުރި ފިޔާ (އެއްވަރަށް ކޮށާފައި) ތެޔޮގަނޑަށް އަޅާފައި 7-6 މިނެޓު ވަންދެން ނުވަތަ ފިޔާތައް މުރަނަވެ އެއަށް ރަން މުށިކުލައެއް އަރަންދެން ތެލުލާށެވެ. ދެން ދަގަނޑު ފުރޭންޏަށް ލައި ތެޔޮ ފުރާނާފައި މިރުސް އެޅި ތަށީގައި ބަހައްޓާލާށެވެ. ކޮށާފައިހުރި ލޮނުމެދު ތެޔޮގަނޑަށް އަޅާފައި މުށި ކުލައެއް އެއަށް އަރަންދެން ތެލުލާށެވެ. ދެން ލޮނުމެދުވެސް މިރުހާއި ފިޔާ އެޅި ތަށީގައި ބަހައްޓާލާށެވެ. ދެން ހިކަނދި ފަތް ތެލުގެ ތެރެއަށް އަޅާފައި މަޑު ގިނީގައި 1 މިނެޓުވަންދެން ނުވަތަ މުރަނަ ވަންދެން ތެލުލާށެވެ. އެއަށްފަހު ތައްޓަކަށް ނަގާށެވެ. ކޮށާފައިހުރި ވަޅޯމަސް ތެލުގެ ތެރެއަށް އަޅާފައި 2-1 މިނެޓު ވަންދެން ނުވަތަ މުރަނަ ވަންދެން ތެލުލާށެވެ. އަދި އެއްފަރާތުގައި ބަހައްޓާލާށެވެ.
ބޮޑު ތެއްޔަކަށް ކުކިންގް އޮއިލް އަޅާފައި މެދު ގިނީގައި ހޫނުކޮށްލާށެވެ. ފިޔާ، ލޮނުމެދު،ގިތެޔޮ މިރުސް ތެލީގެ ތެރެއަށް އަޅާފައި ދޭފަތެއް ފިޔާތައް މަޑުވަންދެން ކައްކާލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް، ރިހާކުރު، ޑާކް ސޯއި ސޯސް އަޅާފައި އެއްކޮށްލާށެވެ. ދެން 2-1 މިނެޓު ވަންދެން ހާކަމުން ކައްކާލާށެވެ. ފެން ފޮދު އަދި ލޮނުކޮޅު އަޅާފައި އެއްކޮށްލާށެވެ. ކުރިން ކައްކާފައި ބެހެއްޓި ބަތްކޮޅު އަޅާފައި، ތެލުލި ފިޔާ، ލޮނުމެދު، މިރުސް، ހިކަނދި ފަތް އަދި ވަޅޯމަސް އަޅާފައި އަނެއްކާވެސް 1 މިނެޓު ވަންދެން އެއްކުރަމުން ކައްކާލާށެވެ.













