Ads by
ޚަބަރު
ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދިއްޖެ

ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިއްޖެއެވެ.

Ads by Eki Online

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ 4 ވޯޓުގެ ތަފާތުން އިންތިޚާބުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ.

ނިމިދިޔަ މަޖިލީސް އިންތިޚާބުގައި ދުވާފަރު ދާއިރާއަށް އިންތިޚާބުވި ޕީއެންސީގެ މުޙައްމަދު ޢަލީއަށް 1074 ވޯޓު ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް އަބްދުއް ރަޙްމާނަށް ލިބިފައިވަނީ 1070 ވޯޓެވެ.

އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ އިބްރާހިމް އަބްދުލް ރަހްމާންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް އަލުން ގުނުމާމެދު އީސީން މިއަދު ގޮތެއް ނިންމާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.

ދުވާފަރު ދާއިރާއަށް ޖުމްލަ 4 ކެންޑިޑޭޓުން ވާދަކުރިއެވެ. އެ ދާއިރާއަށްް ދެން ވާދަކުރީ ޖުމްހޫރީ ޕާޓީން ނުކުތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނސްޓަރުން ކުރެއްވި އަޒްލީން އަހުމަދާއި އިދިކޮޅު އެމްޑީން ނުކުތް އިސްމާއިލް އަހުމަދުއެވެ. އަޒްލީނަށް އިންތިހާބުގައި ލިބުނީ 77 ވޯޓެވެ. އިސްމާއިލް އަހްމަދުއަށް ލިބުނީ 579 ވޯޓެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *