Ads by
ޚަބަރު
ވެމްކޯގެ ޑީއެމްޑީކަމަށް ޝަހީދު އައްޔަންކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އާ ޑީއެމްޑީގެ މަގާމަށް ޝަހީދު އިބްރާހީމް އިއްޔެ އައްޔަންކޮށްފިއެވެ.

Ads by Eki Online

ވެމްކޯއަށް ދެވަނަ ޑީއެމްޑީއެއް އައްޔަނު ކޮށްފައިވާއިރު އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމް ވެސް އެބަހުންނެވިއެވެ.

ޝަހީދަކީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ސިފައިންގެއަށް 17 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެކްސްގައި ވެމްކޯގެ ރަސްމީ އެކައުންޓް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ޑީއެމްޑީ ޝަހީދުއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، ޝަހީދުފަދަ ތަޖުރިބާކާރު ބޭފުޅަކު ވެމްކޯގެ ހިންގުމުގެ މަގާމެއްގެ މަސްއޫލިއްޔަތާއި ހަވާލުވިކަމީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *