Sunday, 26 July 2026
Ads by

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަނީ

މީހަކު ގޮވާމުން ފިތުރު ޒަކާތް ދައްކަނީ--- ފޮޓޯ: ޒަކާތު ހައުސް

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޒަކާތު ހައުސްއިން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް، ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

މި ހަތަރު ދުވަހު ފިޠުރު ޒަކާތް ބަލައިގަތުމަށް ނިންމާފައިވާ ވަޤުތުތައް:

  • މި މަހުގެ 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް
  • މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން ފެށިގެން 12:00 އާއި ހަމައަށް. އަދި 13:00 އިން ފެށިގެން 15:00 އާއި ހަމައަށް.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް އޮންނާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ. އެ ބާވަތްތަކަކީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި