Ads by
ޚަބަރު
މިހާތަނަށް ސިޔާސީގޮތުން ޖެހި އެއްވެސް ހިސާބެއް ދިމާނުވެފައެއް ނޯންނާނެ: އަބްދުއްރަހީމް

ސިޔާސީ ކަންކަމުގައި ހިސާބު ޖައްސަވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށާއި, މިހާތަނަށް ޖެއްސި ހިސާބެއް ދިމާނުވެފައި ނޯންނާނެ ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު, ސަރުކާރުގެ ސީނިއަރ މިނިސްޓަރ ه ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, ޖައްސަވާ ހިސާބު ދިމާނުވެ ނުދާ ކަމަށެވެ.

އަޅުގަނޑު ޖަހާ ސިޔާސީ ހިސާބު ޖަހަނީ ވަރަށް ބަލާފައި. މިހާތަނަށް އަޅުގަނޑު ޖެހި ހިސާބު ދިމާނުުވެފައެއް ނޯންނާނެ

– ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު, ސަރުކާރުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަޙީމް

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއަށް ލިބޭނެ ކަމަށް ނިމިދިޔަ ނޮވެންބަރު މަހު ވިދާޅުވި އަދަދަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ގޮނޑި ލިބިފައި ވަނިކޮށެވެ.

އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީގައި ސިޔާސީ އެކި ކަންކަމުގައި ހިސާބު ޖެއްސެވުމަށް ފަރިތަ ބޭފުޅެކެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 66 ގޮނޑި ވަނީ ކާމިޔާބުވެފައެވެ. އަމިއްލަ ގޮތުން ވާދަކުރި 6 މެންބަރަކު އިއްޔަ ޕީއެންސީއަށް ގުޅުމާއެކު އެ އަދަދު ވަނީ 72 އަށް އަރާފައެވެ.

އަދި މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި އެމްޑީއޭގެ 2 މެންބަރުން ވެސް ތާޢީދު ކުރަށްވަނީ ސަރުކާރަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *