Wednesday, 9 September 2026
Ads by

ޚަރަދުކުޑަކުރުމަށް ސިޓީތަކުގައި އެކަނި ޢީދު ބޮކި ދިއްލަން ސަރުކާރުން ނިންމައިފި

ޚަރަދުކުޑަކުރުމަށް ސިޓީތަކުގައި އެކަނި ޢީދު ބޮކި ދިއްލަން ސަރުކާރުން ނިންމައިފި

އީދު ދުވަހު މާލޭ ސަރަޙައްދު ޒީނަތްތެރިކުރުމަށް ބަހައްޓާފައިހުރި ލައިޓް--- ފޮޓޯ: ޕީއެސްއެމް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދެ ޢީދާ ދިމާކޮށް ރަށްރަށުގައި ދިއްލާ ޢީދު ބޮކި މި އަހަރު ނުދިއްލާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ކެބިނެޓް މިނިސްޓަރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ވަނީ ހާމަކުރައްވައިފައެވެ.

އެގޮތުން މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރަށްރަށުގައި ޢީދު ބޮކި ނުދިއްލުމަށް ނިންމެވީ ކެބިނެޓް މިނިސްޓަރުންގެ ލަފަޔާއި މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަސް ސިޓީއެއްގައި ޢީދު ބޮކި ދިއްލާނެ ކަމަށާއި، އެހެންނަމަވެސް އެ ސިޓީތަކުގައި ވެސް ޢީދު ބޮކި ދިއްލާނީ ކަނޑައެޅޭ ވަކި ޚާއްޞަ ސަރަޙައްދުތަކެއްގައި ކަމަށެވެ.

ސަރުކާރުގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މަޝްރަޙަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި