Ads by
ޚަބަރު
މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

ޕްރައިވައިޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) ގެ ސީއީއޯ އަހްމަދު ޝަމާހުގެ ސަސްޕެންޝަން އުވާލައިފިއެވެ.

Ads by Eki Online

މި މައްސަލައާއި ގުޅިގެން ޕީސީބީއިން ބުނީ، އެ ބޯޑުން ވާނީ މިފްކޯގެ އެންމެހާ ކަންކަން، މިފްކޯ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ސީއީއޯއަށް ލަފާދީފައިކަމަށެވެ.

ޝަމާހު ސަސްޕެންޑު ކުރީ، އޭނާއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބަލަމުން ގެންދާކަމަށް އެ ބޯޑުން ބުނެފައިވަނިކޮށެވެ.

ކުންފުންޏާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި،

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމުގެ އިތުރުން ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން
  • ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ
  • ކުންފުނީގެ މުވައްޒަފުން ނެގުމުގެ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން އޮތް ގާތް ރައްޓެހިންނަށް ވަޒީފާތައް ދިނުން
  • ގަވަނަންސް ގެ އުސޫލުތަކާއި ހިލާފަށް، ހެޑް ހަންޓުކުރުމުގެ ނަމުގައި އެއްވެސް އިއުލާނު ކުރުމެއް ނެތި މީހުން ވަޒީފާއަށް ނެގުމާއި އަދި އެގޮތަށް ނަގާ ގިނަ މީހުންނަކީ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް މީހުންނަށްވާއިރު ޓެކްނިކަލް މަގާމުތަކަށް ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް މީހުން ހަމަޖެއްސުން

ކުންފުނީގެ އިސްވެރިޔާގެ ހައިސިއްޔަތުން ދަތުރު ކުރާއިރު، ކަމާއި ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުމާއި އަދި ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *