Wednesday, 9 September 2026
Ads by

ރާއްޖޭގެ ވައިގެ ސަރަޙައްދު ހަނގުރާމާގައި ބޭނުންކުރަން ހުއްދަދީފައެއްނުވާނެ: ޚަލީލް

ރާއްޖޭގެ ވައިގެ ސަރަޙައްދު ހަނގުރާމާގައި ބޭނުންކުރަން ހުއްދަދީފައެއްނުވާނެ: ޚަލީލް

ފޮރިންގ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިޒުރޭލާއި އެމެރިކާ އިސްވެ ހުރެ، އީރާނަށް ދިން ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ބޭނުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން، އެކަމަށް ރާއްޖެއިން އިންކާރުކޮށްފައިވާ ކަމަށް ފޮރިންގ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޚަލީލް މި މޭރުމުން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ކެބިނެޓް މިނިސްޓަރުންގެ ޚާއްޞަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ޤައުމަކަށް ސަރުކާރުން ނުދޭނެ ކަމަށާއި، ސަރުކާރުން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރާ ކަމަކީ ރާއްޖޭގެ އަމަންއަމާންކަމާއި އިޤްތިޞާދަށް ދިމާވެދާނެ ޙާލަތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

”އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަޙައްދުން އެއްވެސް ޤައުމަކަށް، ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ ރިކުއެސްޓުތައް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މަޢުލޫމާތަށްޓަކާ ދަންނަވަން،“ – މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަމުން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކޮށް، އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ތެޔޮ ލިބުމުގެ ދަތިކަން ކުޑަކުރުމަށްޓަކައި، ތެޔޮ ލިބޭނެ އިތުރު ގޮތްތައް ބަލައި، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއް ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކި ޤައުމުތަކުން ތެޔޮ ގަތުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި