Ads by
ޚަބަރު
ސްޕީޑް އަވަސް ތަަރައްޤީ ގެނެސްދޭން ދެން ތިބެން ޖެހޭނީ 24 ގަޑި އިރު ހޭލާ: ރައިސް

20 ވަނަ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކެބިނެޓު މެމްބަރުން ދެން ތިއްބަވަން ޖެހޭނީ 24 ގަޑި އިރު ހޭލާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އާރޓިފިޝަލް ބީޗުގައި އޮތް “މަރުހަބާ ދިވެހިންގެ ރާއްޖެ” އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފާއިތުވި 5 މަސްދުވަހަކީ އެއްވެސް އެއްޗެއް ނޫންކަމަށާއި، ކެބިނެޓް ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ދެން އުޅުއްވަންވާނީ 24 ގަޑިއިރު ހޭލާކަމުގައެވެ.

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައް. މި ވޭތުވެދިޔަ 5 މަސް އެއީ އެއްވެސް އެއްޗެއް ނޫން، ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާއޭ

– ރައިސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ މި މަސައްކަތް ކުރައްވާނީ ސީރިއަސް ކަމާއި އެކު ރައްޔިތުންގެ ފައިިދާއަށް ކަމަށެވެ. އަދި މަޖިލީހުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން އެއްބަހެއް ކިޔައިގެން ނިންމި ނިންމުންްކަމާއި ރައްޔިތުންގެ މި ނިންމުން އެއީ އެންމެ ރަނގަޅު ނިންމުންކަން ސާބިތުކޮށްދިނުމަށް ނުނިދާ ތިއްބަވައިގެން ނަމަވެސް މަސައްކަތް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ ރާއްޖެ ތަރައްގީ ވާ ދުވަސްތައް

– ރައިސް ޑރ. މުޢިއްޒު

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަސްފަހު މިރޭ އޮތީ ބަޑިބޭހުގެ ކުޅިވަރުތަކެވެ. މިރޭގެ އުފާފާޅުކުރުމުގެ ޖަލްސާ ނިންމާލާފައިވަނީ ކުރެވުނު ޚާއްސަ ދުއާއަކުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *