Sunday, 26 July 2026
Ads by

48 ގަޑިއިރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށްފި

48 ގަޑިއިރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން---

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ އެކިއެކި މައްސަލަތަކުގައި 11 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ސްޕޯކްސް ޕާސަން އަޙްމަދު ޝިފާން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޝިފާން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 11 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ވައްކަމާއި ފޭރުމާއި އަދި އެހެނިހެން ކުށްތަކާއި ގުޅިގެން ޖުމްލަ 231،000 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފުލުހުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތައް ވަކިން ޚާއްޞަކޮށް ޕެޓްރޯލް ކުރުމުގެ މަސައްކަތްތަކާއި، މިކަމުގައި ޢާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށްވެސް ޝިފާން އިތުރަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސިޓީގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ކުށްކުރުން މަދުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް މި ދުވަސްވަރު ފުލުހުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތައް ޕެޓްރޯލް ކުރުން އިތުރުކޮށް، ކުށްކުރާ ފަރާތްތަކާއި، ކުށްކުރާ ކަމަށް ތުޙުމަތުކުރެވޭ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅުތައް ފުލުހުން އަންނަނީ އަޅަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި