Ads by
ޚަބަރު
ރޭސިންގ އާއި ޑްރިފްޓް ސްޕޯރޓްސް އެރީނާއެއް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރޭސިންގ އާއި ޑްރިފްޓް ސްޕޯރޓްސް އެރީނާއެއް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެޗްޑީސީ

ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަން މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by Eki Online

މި އެއްބަސްވުމުގައި ސްޕޯރޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.


މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. ރޭސިންގ އަދި ޑްރިފްޓް ސްޕޯރޓްސްއަށް އެރީނާ ތަރައްގީ ކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯރޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރަން އެހީތެރިވުމަކީ އެޗްޑީސީން އަބަދުވެސް އިސްކަން ދޭ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *