Saturday, 24 October 2026
Ads by

ބޮޑު 2 އިންތިޚާބު އެއްދުވަހެއްގައި ބާއްވަން އެމްޑީއޭއިންވެސް ތާއީދުކޮށްފި

ބޮޑު 2 އިންތިޚާބު އެއްދުވަހެއްގައި ބާއްވަން އެމްޑީއޭއިންވެސް ތާއީދުކޮށްފި

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރެއްވުމުގެ ތެރެއިން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި ބައްދަލު ކުރެއްވުން.. ފޮޓޯ / ރައީސް އޮފީސް

ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.

Ad Image
Ads by

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވެލް ސިޔާމް)  ލީޑަރުކަން ކުރާ ޕާޓީ އެމްޑީއޭ އިން މި ނިންމުމަށް ތާއީދުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވެސް ވަނީ މި ނިންމުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެމްޑީއޭއިން ވަނީ މި ސަރުކާރު ގެނައުމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކޮށްފައެވެ. އެހެން ނަމަވެސް ފަހުން ވަނީ ޕީއެންސީ ސަރުކާރުގެ ކޯލިޝަނުން ވަކިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެއަށްފަހު ސަރުކާރުގެ ނިންމުމަކަށް އެމްޑީއޭއިން ތާއީދުކުރި މިއީ ފުރަތަމަ ފަހަރެވެ.

މި ކަމާއި ގުޅިގެން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރާ ކަމަށެވެ. އަދި އެ ނިންމުމަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަަމަށް ވެސް ބުންޏެވެ.

އެމްޑީއޭ އިން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރަނީ އެކަމުން ފައިދާ ބޮޑުވުމުން ކަމަށެވެ. އެގޮތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދަޢުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

އެމްޑީއޭއިން ބުނީ ހުރިހާ ގޮތަކުުން ބަލާއިރުވެސް މިއީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅީ އެމްޑީޕީއާ ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް އިންނެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގޮތް ނިންމުމަށް ރައްޔިތުންނަށް އެ ފުރުޞަތު ސަރުކާރުން ވަނީ ދޭން ނިންމާފައެވެ. އެގޮތުން އެ ނިންމުން ރައްޔިތުން ނިންމާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި