Sunday, 26 July 2026
Ads by

ޝައްވާލު މަހުގެ ހަނދު ބެލުން އަންނަ ހަފްތާގެ ބުދަ ދުވަހު

ޝައްވާލު މަހުގެ ހަނދު ބެލުން އަންނަ ހަފްތާގެ ބުދަ ދުވަހު

ޑިޖީއޭގެ ނަންބޯޑު--- ފޮޓޯ: އެކި އެމްވީ

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި ހެކިބަސް ދިނުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޑީޖީއޭއިން ބުނެފައިވަނީ، ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން ހެކިބަސް ދޭންޖެހޭނީ، މާލޭގައި ނަމަ ކޯޓެއްގެ ޣާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި، ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. މީގެ އިތުރުން މެޖިސްޓްރޭޓަކު ނެތް ރަށެއްގައި ނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ހަނދު ފެނިގެން އެކަމާ ބެހޭ މަޢުލޫމާތު ޙިއްޞާކުރާއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭންޖެހޭނެ ކަމަށް ޑީޖީއޭއިން ވަނީ ބުނެފައެވެ.

ޝައްވާލު މަހުގެ ހަނދުގެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން، މާޗު 18 ވާ ބުދަ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލް އިދާރާތަކާއި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ. އެހެންކަމުން، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް ހަނދާ ބެހޭ މަޢުލޫމާތު ޙިއްޞާކުރުމަށް ޑީޖީއޭއިން ވަނީއެދިފައެވެ.

ޝައްވާލު މަހުގެ ހަނދު ބެލުން އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި