Ads by
ޚަބަރު
އެޗްޑީސީން ގާޒާ ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
އެޗްޑީސީ އޮފީސް: އެ ކުންފުނިން ވަނީ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައި - ފޮޓޯ:އެޗްޑީސީ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރިއަށް ގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

Ads by Eki Online

ފަލަސްޠީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިއަން މީހުންނަށް އެހީވުމަށް އެޗްޑީސީން އެއް މިލިއަން ރުފިޔާ އެހީގެ ގޮތުގެ ހަދިޔާކޮށްފައިވާއިރު، އިޒްރޭލުން ގާޒާއަށް ކެނޑިނޭޅި ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އައިއޭސީ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށާއި އެހީގެ ގޮތުގައި ހަވާލުކުރި ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފުސީލު އާންމުކުރާނެ ކަމަށެވެ.

އައިއޭސީއަކީ ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެހެންނަމަވެސް އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓުތައް އާންމުނުކުރާތާ އެތައް އަހަރުތަކެއް ވެފައިވުމުން އެ އެހީ ލިބެންވާ ފަރާތްތަކަށް އެހީ ލިބޭ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މަކަރާއި ހީލަތް ހަދާ ކަމުގެ ތުހުމަތުތައް ކުރަން ފެށުމާ ގުޅިގެން އޮޑިޓް ރިޕޯޓު އާންމުކުރާނެ ކަމަށް މީގެ ހަ މަސް ދުވަސް ކުރިން ބުނި ނަމަވެސް އެ ޖަމިއްޔާއިން މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *