Wednesday, 9 September 2026
Ads by

އަބްރާރް ޢުމްރާ ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަބްރާރް ޢުމްރާ ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

މި އަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް މީހުން ގެންދިއުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ވަގުތު ކުޑަތަންވެފައިވަނިކޮށް ދަތުރު ކެންސަލް ކުރުމުން، އަބްރާރު ޢުމްރާ ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ރަމަޟާން މަހު ޢުމްރާއަށް މީހުން ގެންދިއުމަށްޓަކައި ގްރޫޕަކުން ފައިސާ ނެގުމަށްފަހު، ދަތުރު ކެންސަލްކޮށްފައިވާކަމުގެ ޝަކުވާ މި މަހުގެ ހަތަރުވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަމެއް ނުވަތަ އަމިއްލަ ފަރާތަކުން ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައިވަނިކޮށް އަބްރާރް ޢުމްރާ ގުރޫޕުން ޢުމްރާ ދަތުރު ކެންސަލް ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.

އަބްރާރް ޢުމްރާ ގުރޫޕްގެ މި ސްކޭމް ފަޅާއެރުމުން އެ ގުރޫޕުން ބުނެފައިވަނީ، ޢުމްރާ ދަތުރު ކެންސަލްކުރަން ޖެހުނު ސަބަބަކީ، މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވާތީ، ސަޢޫދީއަށް ދިއުން ރައްކާތެރި ނޫންވީމާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ގުރޫޕުން ވިސާ އަދި ހޮޓެލް ބުކިންގގެ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާކަން ޢުމްރާވެރިންނަށް ފަޅާއަރާފައިވަނީ ޢުމްރާގެ އަޅުކަމަށް ފުރަން އޮތް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ޢުމްރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ޢުމްރާ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވަގުތީގޮތުން ހިފަހައްޓައިފައެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު، ޢުމްރާވެރިން ފުރުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި