Sunday, 26 July 2026
Ads by

ތަރާވީޙް ގަޑީގައި ކްލާސްތައް ނުބާއްވަން މިނިސްޓަރު ޝަހީމް އެދިވަޑައިގެންފި

ތަރާވީޙް ގަޑީގައި ކްލާސްތައް ނުބާއްވަން މިނިސްޓަރު ޝަހީމް އެދިވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޝަހީމް---

ތަރާވީޙް ގަޑީގައި ކޮލެޖުތަކުން ކްލާސްތައް ނުނަގަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

މިނިސްޓަރު ޝަހީމް މިގޮތަށް އެދިވަޑައިގެންފައިވަނީ، ރަމަޟާން މަސް ފެށުނީއްސުރެ ތަރާވީޙް ނަމާދު ވަގުތާ ދިމާކޮށް ބައެއް ކޮލެޖުތަކުން ކްލާސްތައް ބާއްވަމުން އަންނަ މައްސަލަ އެ ކޮލެޖުތަކުން ކިޔަވާ ދަރިވަރުން އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ.

މި މައްސަލަ ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ފޭސްބުކްގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައެއް ކޮލެޖްތަކުން ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައިވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީ ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ޙިއްޞާކުރެއްވި ޕޯސްޓުގައި އެކަން އެގޮތަށް ކުރަނީ ކޮން ކޮލެޖުތަކަކުން ކަމެއް ހާމަކުރައްވައިފައެއްނުވެއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތައް ކްލާސްތައް ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ތަރާވީޙް ނަމާދާ ދިމާކޮށް ބައެއް ކޮލެޖުތަކުން ކްލާސްތައް ބާއްވަމުން އަންނަކަން މިނިސްޓަރު ޝަހީމްގެ ސަމާލުކަމަށް އައިސްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، މާލޭގެ ގިނަ މިސްކިތްތަކުގައި ތަރާވީޙް ނަމާދުކޮށް ނިމެނީވެސް ރޭގަނޑު 21:00 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި