Sunday, 26 July 2026
Ads by

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ”ބިލެތްމާ ޓޭސްޓީ“ ގެ ކާބޯތަކެތި ވިއްކުން މަނާކޮށްފި

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ”ބިލެތްމާ ޓޭސްޓީ“ ގެ ކާބޯތަކެތި ވިއްކުން މަނާކޮށްފި

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް ހުއްޓުވައި ބަލައި ފާސްކުރަނީ: ފޮޓޯ: އިމިގްރޭޝަން

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރުމުގެ ސަބަބުން ”ބިލެތްމާ ޓޭސްޓީ“ ގެ ކާބޯތަކެތި ވިއްކައި، އެ ތަކެތި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާއަކާއި ގުޅިގެން، ތެލުލި ފަތް، ކޮށިމަސް، ކުޅިކާޖާ އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ ”ބިލެތްމާ ޓޭސްޓީ“ ބަލައިފާސްކުރި އިރު، އެތަނަކީ ޢާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ މިންގަނޑުތަކަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެތަނުގައި ކުރަމުން އައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ”ބިލެތްމާ ޓޭސްޓީ“ އަށް މިހާރު އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނަކީ އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމު ތަންތަނަށް ވީނަމަވެސް، ”ބިލެތްމާ ޓޭސްޓީ“ އަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫންކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ”ބިލެތްމާ ޓޭސްޓީ“ އިން އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގާކަމަށް އެމްއެފްޑީއޭއިން ވަނީ އިތުރަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ނަންބަރު 7603204 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި