ބޭނުންވާ ތަކެތި:
ތައްޔާރުކުރަން ނަގާ ވަގުތު :15 މިނެޓް
100 ގްރާމް ކުކުޅު (ކިޔުބްކޮށް ކޮށާފައި)
1 ކިޔުކަމްބާ (ކިޔުބްކޮށް ކޮށާފައި)
1 ޓޮމާޓޯ (ކިޔުބްކޮށް ކޮށާފައި)
½ ލުނބޯ
¼ ސައިސަމުސާ އަސޭމިރުސް
ލެޓިއުސް ފަތްކޮޅެއް ( ބޮޑެތިކޮށް ކޮށާފައި)
އާމަންޑް ކޮޅެއް ( މެދުން ފާޅާފައި)
ލޮނު ކޮޅެއް
1 މޭޒުމަތީ ސަމުސާ ބަޓަރު (ފްރައިކުރަން)
ސެލެޑް ކްރީމް ޑްރެސިންގ (Remia salad cream dressing)
ހަދާނެގޮތް:
ކޮށާފައި ހުރި ކުކުޅުކޮޅު ތެރެއަށް އަސޭމިރުސް އަދި ލޮނު އަޅާ މެރިނޭޓް ކޮށްލަން 5 މިނެޓް ބަހައްޓާށެވެ. ތަވައެއް ހޫނު ކުރާށެވެ. އޭގެ ތެރެއަށް ބަޓަރުކޮޅު އަޅާލާށެވެ. ކުކުޅުކޮޅު އަޅާ ރަނގަޅަށް ރޯ ފިލުވައިލާށެވެ. މަސްކޮޅުތައް މުށި ކުލަ އަށް އަރަންދެން ބަހައްޓާށެވެ. އެއަށްފަހު ކުކުޅުކޮޅު ނަގާފައި ވަކިން ތައްޓެެއްގައި ބަހައްޓާށެވެ. އެ ބަޓަރުކޮޅު ތެރޭގައި އާމަންޑްކޮޅު ވެސް ފްރައިކޮށްލާށެވެ.
ކުކުޅުކޮޅު ތެރެއަށް ލުނބޯ ހުތް ޖަހާފައި ސެލެޑް ޑްރެސިންގް އަޅައިގެން މޮޑެލާށެވެ. ކިޔުކަމްބާ އަދި ޓޮމާޓޯކޮޅު އެއްކޮށްލާފައި ބޮޑެތިކޮށް ކޮށާފައިހުރި ލެޓިއުސް ފަތްކޮޅު އަޅާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. އަދި މައްޗަށް ފްރައިކުރި އާމަންޑްކޮޅުވެސް އަޅާލާށެވެ.
އަހަރުމެން މި ސެލެޑް ތައްޔާރުކޮށްލަން ބޭނުންކުރީ ރެމިއާ ސެލެޑް ކްރީމް ޑްރެސިންގ އެވެ.

މި ސެލެޑް އެންމެ މީރުވާނީ ސްޕެގެޓީ އަލިއޯ-އޯލިއޯ އާއިއެކުގައި ނުވަތަ ޕާސްތާ އަރަބިއާޓާ ފަދަ ކެއުމަކާއި އެކުގައެވެ.













