Ads by
ޚަބަރު
ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމެއް ދަނީ

‏ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި ރަށުން ކަރަންޓު ވަނީ ކެނޑިފައެވެ. ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ހިދުމަތް ޔަގީންކޮށްދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

 

ފެނަކައިން ބުނެފައި ވަނީ ހެނދުނުން ފެށިގެން މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިފައި ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާ ގުޅިގެން ކަމަށެވެ. ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހަވީރު 6:00 ގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ވަނީ މި މައްސަލަ އާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *