Ads by
ޚަބަރު
ކުޅުދުއްފުއްޓަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ: ފެނަކަ

ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑިފައިވާ މަައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުނެފިއެވެ.

Ads by Eki Online

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި ރަށުން ކަރަންޓު ވަނީ ކެނޑިފައެވެ. އެކަމާ ގުޅޭގޮތުން ފެނަކައިން ބުނީ ހެނދުނުން ފެށިގެން މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިފައި ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާ ގުޅިގެން ކަމަށެވެ.

“”މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައެވެ. ވީމާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،” ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށް ފެނަކައިން ބުނެފައިވެއެވެ. 

ކުޅުދުއްފުށީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އާ ގުޅިގެން ފެނަކައިން ވަނީ ނިމުނު ރަމަޟާން މަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުތަކުގެ ޒިންމާ ނެގުމުގެ ގޮތުން ހިނގަމުން މިދާ އެޕްރީލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *