Sunday, 26 July 2026
Ads by

އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުން: ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް!

އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުން: ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް!

ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ޢިރާޤުގެ ތެޔޮ އުފެއްދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފިއެވެ.

Ad Image
Ads by

ޔަހޫދީންނާއި އެމެރިކާ ގުޅިގެން ހުއްޓުމެއްނެތި އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭނެ ކަމަށް އިޢުލާނުކޮށްފައެވެ.

އީރާނުން ވަނީ ހުރުމުޒްގެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، 200އަށްވުރެ ގިނަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށްވެސް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

މިހާރު އެ ކަނޑުއޮޅިން ކުރާ ދަތުރުތައް ހުއްޓިފައިވާއިރު، މި ހަނގުރާމަ އިތުރަށް ދިގުދެމިގެން ގޮސްފިނަމަ، ތެލުގެ އަގު އިތުރަށް މައްޗަށް ދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމައިގެ ކުރިން އީރާނުގެ ތެޔޮދަނޑުތަކުން ދިޔައީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.3 މިލިޔަން ފީފާގެ ތެޔޮ ބަންދުކުރަމުންނެވެ. ނަމަވެސް ހުރުމުޒް ކަނޑުއޮޅި ބަންދުުކުރުމާ ގުޅިގެން ޢިރާޤުގެ މައި ތެޔޮދަނޑުތަކުގައި ތެޔޮ އުފައްދާ މިންވަރު މިހާރު ވަނީ 70 އިންސައްތަ ދަށަށް ގޮސްފައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް މިހާރު ބަންދުކުރަމުންދަނީ އެންމެ 1.3 މިލިޔަން ތެޔޮ ފީފާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއާއިއެކު ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައި، ފީފާއެއްގެ އަގު 100 ޑޮލަަރަށް ވަނީ އުފުލިފައެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 14 އިންސައްތައަށް ވުރެ މައްޗަށް ގޮސް، އެމެރިކާގައި ވިޔަފާރިކުރާ ތެލުގެ އަގު ގާތްގަނޑަކަށް 12.63 އިންސައްތަ އިތުރުވެ 104 ޑޮލަރަށް ވަނީ އަރައިފައެވެ.

ރިޕޯޓް ބުނާ ގޮތުގައި މިއީ 2022 ވަނަ އަހަރު ރަޝިއާ ޔޫކްރޭން ހަނގުރާމައަށް ފަހު ތެލުގެ އަގު މިހާ މައްޗަށް އެރި ފަހަރެވެ. އަދި ހަނގުރާމަ ދެމިގެން ގޮސްފިނަމަ ތެލުގެ އަގު އިތުރަށް މައްޗަށް ދާން ފަށާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި