Wednesday, 9 September 2026
Ads by

ރައީސް ވިދާޅުވީ ތެދުފުޅެއް، ”އެފޮޓޯފުޅު“ގެ މައްސަލާގައި އަޅުގަނޑުމެން ކުށްވެރިވި: ޝުޖާއު

ރައީސް ވިދާޅުވީ ތެދުފުޅެއް، ”އެފޮޓޯފުޅު“ގެ މައްސަލާގައި އަޅުގަނޑުމެން ކުށްވެރިވި: ޝުޖާއު

މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ”އެފޮޓޯފުޅު“ގެ ވާހަކައަށް ޢިޝާރާތް ކުރައްވާ ރައީސް ޑރ. މުޢިއްޒު ދެއްކެވީ ތެދުވާހަކަފުޅެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އެރޭގެ ޖަލްސާގައި ”އެފޮޓޯގެ“ ވާހަކަ ތަފްސީލް ކޮށްދެއްވި ވީޑިއޯކޮޅާއެކު ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީށް އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށާއި، އޭނާއަކީ އެ ފޮޓޯގެ މައްސަލައިގައި ކުށްވެރިވިމީހެއް ކަމަށެވެ.

”ވަރަށް ބޮޑު ތެދުފުޅެއް ރައީސް ތިޔަ ވިދާޅުވީ.އަޅުގަނޑުމެން މީ ތިޔަ ވިދާޅުވާ ފޮޓޯ ފުޅުގެ މައްސަލާގައި ކުއްވެރިވި މީހުން.  ރިޔާސީ ކެނޑިޑޭޓާއި ރަނިންގ މޭޓޫގެ ފޮޓޯފުޅުގެ މެދަށް ރައީސް ޔާމީންގެ ފޮޓޯފުޅު ނުލާގެން އަޅުގަނޑުމެން މީ އަނިޔާވެރިން ކަމަށް ވީމީހުން“ޝުޖާއު ވިދާޅުވިއެވެ.

މިއާއިއެކު ޝުޖާއު ވިދާޅުވީ ފޮޓޯގަނޑު ކަންތަކުގައި ޔާމީން ގެންގުޅުއްވީ ހިޔަޅު ވިސްނުމެއް ކަމަށާޢި، އެކަން އެގޮތަށް ކުރުވީ މިއަދު އެވާހަކަތައް އެ މޭރުމުން ދައްކަވަން ކަމަށެވެ.

”މާފަހުން މިއެގުނީ އެކަމުގައިވެސް ހިޔަޅު ވިސްނުމެއް ގެންގުޅުއްވި ކަން.ބޭނުންފުޅުވީ ފަހުން ވިދާޅުވާން ތިމަން މަނިކުފާނުގެ ފޮޓޯ ޖަހާގެނޭ ހޮވުނީ!ކީކޭތޯ ދަންނަވާނީ؟އޭރުވެސް އަޅުގަނޑުމެންގެ ނިޔަތް ސާފު“

ޝުޖާއު ވިދާޅުވީ އޭނާ އަބަދުވެސް ޤަބޫލުކުރީ ކެމްޕޭނު ޕޯސްޓަރު ތައްޔާރު ކުރާނީ ވާދަކުރައްވާ ބޭފުޅުން ހިމަނާގެންކަމަށާއި، އޭރު އެވިސްނުން ގެންގުޅުމުން ގޯސްވިކަމަށެވެ. އެހެންނަމަވެސް މިއަދުގެ ޙާލަތު ބަދަލުވެއްޖެ ކަމަށާއި މިއަދު އަމިއްލަ އެދުމެއް ނެތި ހެޔޮ ނިޔަތުގައި ޕާޓީ ޕްރޮމޯޓްކޮށް ޕާޓީ ނިޒާމުގެ ވެެރިކަމެއް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާކަން އިޙުސާސް ވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެގޮތަށް ފޮޓޯ ޖެއްސެވުމަކީ މީގެކުރިން މަޖުބޫރުކޮށްގެން ކުރުވި ކަމެއްކަމަށާއި، މި ކެމްޕޭނަށްވެސް ޕާޓީގެ ލީޑަރޝިޕުން ރައީސްގެ ފޮޓޯ ޖައްސަވަން އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެގޮތަށް އެދިވަޑައިނުގެންނެވިކަމާއި އެކަމުގެ ތަފްސީލް ވިދާޅުވެ ދެއްވިއެވެ.

މިއާއިއެކު ރައީސް ވިދާޅުވީ ޕީއެންސީއަކީ ޕާޓީއެއް ކަމަށާއި މ ވަކިމީހެއްގެ އެއްޗެއްނޫން ކަމަށާޢި، ޕީއެންސީއަކީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި