Ads by
ޚަބަރު
ދިރާގު އީދު ބޯކިބާ އަދި އީދު ހަދިޔާއަށް ބޮޑު ތަރުހީބެއް
ފިތުރު އީދު ފާހަގަކުރަން ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތުގެ ތެރެއިން - ފޮޓޯ:ދިރާގު

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

Ads by Eki Online

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްވި މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ކުޑަކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކް ބެހުން އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ދިރާގުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށީގެ އިތުރުން އދ. ދަނގެތީގައެވެ.

“މި އަހަރު ދިރާގުން ކުރިއަށްގެންދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އެހާ ގިނަ ފަރާތްތަކުން ބައިވެރިވެ، އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހެޔޮހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް،” – ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދަ ތިރީސް އަށެއް ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ ފިތުރު އީދު ހަރަކާތްތަކުގެ ޕަރޓްނަރެކެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެއެވެ. އަދި އީދު މިއުޒިކް ޝޯވއަކާއި ހަވާއެރުވުން ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދީ، އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *