Ads by
ޚަބަރު
އުރީދޫ އާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ފިތުރު އީދުގެ ގިނަ ހަރަކާތްތަކެއް
ފިތުރު އީދު ދުވަހު އުރީދޫން ބޭއްވި އީދު ސައި ހަރަކާތުގެ ތެރެއިން - ފޮޓޯ:އުރީދޫ

މި އަހަރުގެ ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސް އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

Ads by Eki Online

އުރީދޫން ބުނީ މިއީ މުޖުތަމައުގައި އުފާފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެއް ކަމަށެވެ.

  • ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ

ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިތުރު އީދުގައި ވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށްދިޔައެވެ. މިއީ އީދުގައި ޒަމާނުއްސުރެ ސަޔަށް ބޯކިބާ ކެއުމުގެ އާދަ އާ ގުޅުވައިގެން އުރީދޫން ކުރިއަށް ގެންދާ ހަރަކާތެކެވެ.

  • އީދު ހަދިޔާ ބެހުން

މި އަހަރު ވެސް ކުޑަކުދިންނަށް އުރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔައެވެ.

  • އީދު ސައި – އެޗްޑީސީ އާއެކު

އެޗްޑީސީ އާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އީދު ސައި ހަރަކާތް އީދު ދުވަހުގެ ހެނދުނު ވަނީ ބާއްވާފައެވެ.

  • ކްލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވުނު ފެންކުޅި އަދި ވާދެމުން

ކްލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދި ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބޭއްވިއެވެ.

  • ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި

ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ވަނީ ބާއްވާފައެވެ.

  • މަޑުއްވަރީ މައިސްޓްރޯ ކަޕް – މެއިން ޕާޓްނަރ

މ. މަޑުއްވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރަކީ އުރީދޫއެވެ. މިއީ މަޑުއްވަރީގެ އީދު ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހަރަކާތެވެ.

  • މިލަންދޫ ކައުންސިލް ކަޕް – ބްރޮންޒް ޕާޓްނަރ

ށ. މިލަންދޫ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރަކީ އުރީދޫއެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން އީދާ ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ.

  • ކުޑަރިކިލު ފުޓްސަލް މުބާރާތް – ޑިޖިޓަލް ޕާޓްނަރ

ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. މި މުބާރާތަކީ އެ ރަށުގައި ބޭއްވި ވަރަށް ފޯރިގަދަ މުބާރާތެކެވެ.

  • އޭދަފުށި ފުޓްސަލް ކަޕް – ޓައިޓަލް ސްޕޮންސަރ

އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. މިއީ ބޮޑު ތަރުހީބެއް ލިބުނު މުބާރާތެކެވެ.

އުރީދޫއަކީ އަބަދުވެސް މުޖުތަމައުގައި ބާއްވާ މިފަދަ އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *