Wednesday, 9 September 2026
Ads by

ދެ އިންތިޚާބު އެއްދުވަހަކު ބޭއްވުމަކީ ސިޔާސީ ހުރިހާ ފަރާތްތަކުން އިއްތިފާގުވެފައި އޮތް ކަމެއް: ފަލާހު

ދެ އިންތިޚާބު އެއްދުވަހަކު ބޭއްވުމަކީ ސިޔާސީ ހުރިހާ ފަރާތްތަކުން އިއްތިފާގުވެފައި އޮތް ކަމެއް: ފަލާހު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުން އިއްތިފާގުވެފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ލޯކަލް ކައުންސިލް އިންތިހާބުގެ އައްޑޫ ސިޓީގެ ގްރޭޓަރ މާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ނަގާ ރިފަރެންޑަމް ވޯޓަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ލުއި ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އޮތް ޚާއްސަ މަޖިލީހުގެ ބައެއް މެންބަރުންނާ ވާހަކަދެއްކެވިއިރު، ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް އޭރުވެސް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމުގެ ލިޔެކިޔުންތައް މަޖިލީހުގައި ހުންނާނެކަން އެނގިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ރިޔާސީ ދައުރު ދަންމާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ދެ އިންތިޚާބު ވަކިން ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް އިންތިޚާބުތަކަށް ފޯކަސް ކުރަން މާ ފަސޭހަވާނެ ކަމެއް ކަމުގައިވީ ނަމަވެސް، ގައުމީ މަސްލަހަތަށްޓަކައި ދެ އިންތިޚާބު އެއްކޮށް ބޭއްވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ނާޒުކު އިގްތިސާދެއް އޮތް ގައުމެއް ކަމަށެވެ.

”މިއީ ތިން މަހުގެ ކުޑަކުއްޖެއް ކަހަލަ އިގްތިސާދެއް އޮންނަ ގައުމެއް މީ. ބަޔަކު ކުރާ ކަންތައްތަކުން ވެއްޓިފައި ބޯފަޅައިގެން ހިނގައިދާނެ،“ ފަލާހު ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ހަމަޖެހުމާއި އަމާންކަމުގެ މައްޗަށް ބިނާވެފައިވާ ސިނާއަތަކަށް ވާތީ، ގައުމުގައި އިންތިޚާބުތައް މަދުވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހަމަޖެހުމެއް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތް ދޫކޮށްލާފައި، ހަމައެކަނި ރިފަރެންޑަމް ވޯޓާ ދެކޮޅަށް ބެރުޖަހައިގެން މަސައްކަތް ކުރަމުންދާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަކީ ތައުލީމީ، ހޭލުންތެރި ބައެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކުގައި ރައްޔިތުން ނުޖެހޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކަމަކީ ގައުމުގެ ހަމަޖެހުމަށާއި، އިގްތިސާދީ ކުރިއެރުމަށް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަދަ އިޚްލާސްތެރި ވެރިއަކު މިފަދަ ނިންމުމެއް ނިންމެވުމުގެ މުހިންމުކަން ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ރިފަރެންޑަމް އަކީ ރައްޔިތުންނަށް އަމާންކަމާއެކު ކުރިއަށް ދިއުމަށް ލިބޭ ”ރަނުގެ ފުރުސަތެކެވެ“.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި