Wednesday, 9 September 2026
Ads by

ރާއްޖޭގެ ޤައުމީ ޒުވާން ފުޓްބޯޅަ ޓީމުން ސިންގަޕޫރު ބަލިކޮށްފި

ރާއްޖޭގެ ޤައުމީ ޒުވާން ފުޓްބޯޅަ ޓީމުން ސިންގަޕޫރު ބަލިކޮށްފި

ޤައުމީ ޒުވާން ޓީމުގެ ބައެއް ކުޅުންތެރިން--- ފޮޓޯ: އެފްއޭއެމް

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި، ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ބައްދަލުކޮށް ކުޅުނު މެޗުގައި ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުން ކާމިޔާބީ ހޯދައިފިއެވެ.

Ad Image
Ads by

ސިންގަޕޫރުގެ ޗޯ ޗޫ ކަންގް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު ރާއްޖޭގެ ޓީމުން ކުރި ހޯދާފައިވަނީ 3-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ހާފު ނިމިގެންދިޔައިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަމަވެސް ދެވަނަ ހާފުގައި ރާއްޖެއިން ނަތީޖާ ނެރެފައިވަނީ އިތުރަށް ދެ ގޯލު ޖަހައިގެންނެވެ. ސިންގަޕޫރަށް ދެ ވަނަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ.

މި މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުބާރާތުގައި ބައިވެރިވި ޒުވާން ހަތަރު ކުޅުންތެރިން ކަމުގައިވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ މުޙައްމަދު އިލާން ޢިމްރާން، ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އަދި އޮޑި ސްޕޯޓްސް ކްލަބްގެ އަހުޒަމް ރަޝީދު އަދި އަލްހާން ފައިސަލް އަމީން އެވެ.

މި ދަތުރުގައި ރާއްޖޭގެ ޒުވާން ޓީމުން ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ފުރަތަމަ މެޗު ކުޅެފައިވާއިރު، ދެވަނަ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވާ ބުދަ ދުވަހުއެވެ.

ސިންގަޕޫރުގައި ކުރިއަށްގެންދާ މި މުބާރާތަށްފަހު، ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުވަމުންދަނީ، ޤައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީގެ ބެލުމުގެ ދަށުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި