Ads by
ޚަބަރު
ޗެންޕިއަންސް ލީގު ފައިނަލުގައި ޓީމްތަކާ އެކު ދަނޑަށް އެރުމުގެ ފުރުސަތު
ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާ އެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ވަނީ ފަށާފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މާސްޓަރކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

މާސްޓަރކާޑު ޕްލޭޔަރ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާ އެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ މީހަކަށް ކުޑަކުއްޖަކާ އެކު ހުރިހާ ހަރަދުތަކެއް ހިމެނޭހެން ލަންޑަނުގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން ލަންޑަން ދެކޮޅު ޑިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރ މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗް ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާ އެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެއެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެ ބޭންކުން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *