Wednesday, 9 September 2026
Ads by

ދެމަފިރިންގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދި މިހާރު ހުށަހެޅޭނެ

ދެމަފިރިންގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދި މިހާރު ހުށަހެޅޭނެ

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްއޭސީއެލް

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 1 މާރިޗު 2026 ވީ އާދިއްތަ ދުވަހު ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުޞޫލާ އެއްގޮތަށް، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ސަރުކާރުގެ މި ނިންމުމަކީ ގޯއްޗެއް ނުވަތަ ފުލެޓެއް އޮތުމުގެ ސަބަބުން އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭ މައްސަލާގައި ޢާންމުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދީ، ކޮންމެ ޢާއިލާއަކީވެސް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށް ނިންމި ނިންމުމެކެވެ.

މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ. ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހަޅާނީ އެ މިނިސްޓްރީގެ ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ރަސްމާލެއިން ޖުމްލަ 1،250 އަކަފޫޓުގެ ގޯތި، މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަކޮށްގެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު