Ads by
ޚަބަރު
ރަށްރަށުގެ ތަރައްގީ އާއި ރައްޔިތުން އެދޭ ކަންކަމާ މަޝްވަރާ ކުރަން ރައީސް ފާފަށް
ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަތުން - ފޮޓޯ:ރައީސް އޮފީސް

ރަށްރަށުގެ ތަރައްގީ އާއި ރައްޔިތުން އެދޭ ކަންކަމާ މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ފާފު އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މި އަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ޖުމްލަ 162 ކައުންސިލަކާ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެފަހަރު ޒިޔާރަތްކުރެއްވުން ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *