މި ރަމަޟާން މަހުގެ ފަހުދިހައެއްގައި މާލޭ ސިޓީގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިޢުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މާލޭ ސަރަޙައްދުގެ ޖުމްލަ 25 މިސްކިތެއްގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ރަމަޟާން މަހު މާލޭ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ، މާލޭގެ 16 މިސްކިތަކާއި ހުޅުމާލޭގެ އަށް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތުގައެވެ. އެގޮތުން މާލޭގައި ޢިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:
- މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
- މަސްޖުދުލްމަލިކި ސަލްމާން (ސަލްމާން މިސްކިތް)
- މަސްޖިދުލްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
- މަސްޖިދުލްފުރްޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ތައިބާ މިސްކިތް)
- މަސްޖިދުލްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލްބަރަބަރީ
- މަސްޖިދުއްޝައިހް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
ހުޅުމާލޭގައި ޖުމްލަ އަށް މިސްކިތެއްގައި އިޢުތިކާފަށް ތިބުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުޅުމާލޭ ފުރުތަމަ ފިޔަވަހީގެ ފަސް މިސްކިތެއްގައި މި އަހަރު އިޢުތިކާފަށް ތިބޭނެއެވެ. އެ މިސްކިތްތަކަކީ:
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އަލްޘާނީ (ވައްގުއްބު މިސްކިތް)
- މަސްޖިދު ރަޝީދު
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދުލްޢަސްދިޤާ
- މަސްޖިދު މުޙައްމަދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތިން މިސްކިތެއްގައި އިޢުތިކާފު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ތިން މިސްކިތަކީ:
- މަސްޖިދު ޙަސަން ޢާދަމް
- މަސްޖިދުލް އީމާން
- މަސްޖިދު އަމީލް ޖަލީލު
މީގެ އިތުރުން ވިލިމާލެގައި އިޢުތިކާފަށް ތިބުމަށް މިނިސްޓްރީން ކަނޑައަޅާފައި ވަނީ އެންމެ މިސްކިތެކެވެ. އެއީ މަސްޖިދުލްބިއްރި އެވެ.













